ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލު ކެބިނެޓުން ފާސްކޮށްފި

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލު ކެބިނެޓުން ފާސްކޮށްފި

Author
ޙަސަން މުޙައްމަދު
10 އޮކްޓޯބަރ 2025 08:00
0

އެމެރިކާ މެދުވެރިކޮށް ހަމާސް ޖަމާޢަތާއެކު އިސްރާއީލުން ވި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަށް ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލު ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފިއެވެ. ކެބިނެޓް ބައްދަލުވުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓުވޭނެ ކަމަށާއި، އޭގެފަހުން 72 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ބަންދު ކޮށްފައިވާ ރަހީނުން ދޫކޮށްލެވޭނެ ކަމަށް އިސްރާއީލު ސަރުކާރުގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

އެއްބަސްވުމަށް އިސްރާއީލުގެ ކަނާތުފިޔައިގެ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވީރު އިންޒާރުދީފައިވަނީ ހަމާސް މުޅިން ނައްތާ ނުލެވޭނަމަ އޭނާގެ ޕާޓީން ބެންޖަމިން ނެތަންޔާހޫގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.