ގަލްފް އެއާ ވީއައިއޭގެ ޓާމިނަލް 1 އަށް ބަދަލު ކޮށްފި

ގަލްފް އެއާ ވީއައިއޭގެ ޓާމިނަލް 1 އަށް ބަދަލު ކޮށްފި

Author
ޙަސަން މުޙައްމަދު
07 އޮކްޓޯބަރ 2025 10:01
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާ އިން ހިދުމަތް ދޭން ފަށައިފިއެވެ. މި ބަދަލު ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުﷲ ގިޔާސްއެވެ.

ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއާޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އަދި އެމްއޭސީއެލް އާއި ގަލްފް އެއާގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ގަލްފް އެއާ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. ޓާމިނަލް 1 އަށް ކައިރި ކުރި ގަލްފް އެއާގެ ފުރަތަމަ ފްލައިޓް GF145 އަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު 27 ގައި ރާއްޖެއަށް ދަތުރުތައް ފެށި ގަލްފް އެއާ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވައެވެ. ގަލްފް އެއާއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 9 ވަނަ އެއާލައިނެވެ. ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް އަދި 12 އެއިރޯ ބްރިޖް ހިމެނެއެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުން އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.