އދ. ދަނގެތީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ދަނގެތީ ކައުންސިލް އިދާރާގެ އާ އިމާރާތުގެބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދަނގެތީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މިމަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) އާ ހަވާލުކޮށްގެންނެވެ.
ދަނގެތީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ ގޮތުން ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް އާރުސީސީ އާ ހަވާލުކުރީ މި އަހަރުގެ އޮގަސްޓް މަހު އެވެ.
ކޮމެންޓު ފޮނުވާ