ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު ހޮވުމުގެ ފުރުސަތު ފަހުވެއްޖެއެވެ. ޖަޕާނުގެ އެންމެ ބާރުގަދަ ސިޔާސީ ޕާޓީ ކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަޝިޕް އިންތިޚާބު ކާމިޔާބުކުރެއްވީ ސަނާއީ ޓަކައީޗީ އެވެ.
ޓަކައީޗީއަށް ބޮޑުވަޒީރު ކަމުގެ މަގާމު ރަސްމީކޮށް ލިބިގެންދާނީ މި މަހުގެ މެދުތެރޭގައި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގޭ ވޯޓުންނެވެ. ނެޝަނަލް ޑައިޓުގައި އެލްޑީޕީއަށް މިހާރު ސާފު މެޖޯރިޓީއެއް ނެތް ނަމަވެސް، ސިޔާސީ ދާއިރާ ދިރާސާކުރާ ފަރާތްތަކާއި މީޑިއާތަކުން ޤަބޫލުކުރާ ގޮތުގައި ޓަކައީޗީއަށް މި ވޯޓު ކާމިޔާބުވެގެންދާނެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ހުސްވެފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހު ޝިގެރޫ އިޝީބާ އިސްތިޢުފާ ދެއްވުމުންނެވެ. މަޖިލީހުގެ މަތީގޭގައި އެލްޑީޕީއަށް އަގުލަބިއްޔަތު ގެއްލި، ޕާޓީގެ އެތެރޭގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އިޝީބާ އެ ނިންމުން ނަންނަވަން ޖެހިވަޑައިގެންނެވި އެވެ. އޮކްޓޫބަރު 2024 ގައި އިޝީބާ ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް، އެ މުއްދަތު ދިގު ނުދެމިއެވެ.
ކޮމެންޓު ފޮނުވާ