ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ތަޢުޒިޔާ ފޮނުވައިފިއެވެ.
މުޖުތާޒް ފަހުމީ އަކީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޕީޕީއެމްގެ ތަޢުޒިޔާގެ މެސެޖްގައި ވާގޮތުން މުޖުތާޒް ފަހުމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ފުން ހިތާމައާއި އަސަރާއިއެކުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެންބަރު އަޒްހާން ފަހުމީ އަކީ މުޖުތާޒް ފަހުމީގެ ދަރިކަލެކެވެ.
ޕީޕީއެމްގެ ތަޢުޒިޔާގެ މެސެޖްގައި ވަނީ އަޒްހާން ފަހުމީ އެޕާޓީއަށް ކޮށްދެއްވާފައިވާ ގިނަ ޚިދުމަތްތައް ފާހަގަކޮށް، އަޒްހާން ފަހުމީއާއި ޢާއިލާއަށް ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނާއި، ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ އެންމެހާ މެންބަރުންގެ ނަމުގައި ތާޢުޒިޔާ ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ