"އެހޭ ހޮށް، މިވަރުން ފުދިއްޖެ" ކުޅުދުއްފުށީގައި

"އެހޭ ހޮށް، މިވަރުން ފުދިއްޖެ" ކުޅުދުއްފުށީގައި

Author
ޢަލީ އާދަމް
07 ޖެނުއަރީ 2021 11:09
0

"އެހޭ ހޮށް، މިވަރުން ފުދިއްޖެ" ނަމުގައި އިކޮޅު ކޯލިޝަނުން މިރޭ ހދ. ކުޅުދުއްފުށީގައި ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް އެކޯލިޝަނުން ވަނީ ހއ.ބާރަށުގައާއި، ލ. މާވަށާއި، ފުވަށްމުލައް ސިޓީއާއި، ޅ. ނައިފަރާއި، ރ. އަލިފުށީގައި ޚާއްސަ ޖަލްސާ ބާއްވާފައެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ވިސްނާގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ސަރުކާރުން ކުޅުދުއްފުށްޓަށް ވަމުންދާ އިހުމާލާއި، ރާއީސް ޔާމިން ކުޅުދުއްފުށްޓަށް ގެނެސްދެއްވި ތަރައްގީއަށް އަދުގެ ސަރުކާރުން ވެފައިވާ އިހުމާލުގެއިތުރުން ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށްޓަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މިރޭގެ ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. ކުޅުދުއްފުށީގައި ޖަލްސާ އޮންނާނީ އެރަށުގެ ޕީޕީއެމްގެ ޖަގަހައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.