5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދާންދޫގައި 3000 ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދާންދޫގައި 3000 ގަސް އިންދައިފި

Author
ހުސައިން
13 ސެޕްޓެމްބަރ 2025 10:03
0

ޤައުމީ ފެންވަރުގައި ހިންގަމުންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އެސްޑީއެމް ކުންފުނީގެ ފަރާތުން ގއ. ދާންދޫގައި މިއަދު 3000 ގަސް އިންދައިފިއެވެ.

ދާންދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޚާއްޞަ ޕްރޮގްރާމުގައި އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ސްކޫލު ދަރިވަރުންނާއި، ކައުންސިލް މެންބަރުންނާއި، ރަށުގެ އާންމު ރައްޔިތުން ވަނީ އެކަމުގައި އެހީތެރިވެފައެވެ. މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދާންދޫގެ ތިމާވެށި ރައްކާތެރިކޮށް، ރަށުގައި ގަސްގަހާގެހި އިތުރުކުރުމެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ވެފައިވާ އަޙުދުގައި ބައިވެރިވެފައިވާ އެސްޑީއެމް ކުންފުނީގެ ފަރާތުން ދެމުންދާ އެއްބާރުލުމުގެ ބައެއްކަމަށެވެ.

ދާންދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ރަށުގެ ހިތްފަސޭހަކަމާއި ރީތިކަމަށް ކުރިއެރުމެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، މިކަހަލަ ހަރަކާތްތަކުގެ ޒަރީޢާއިން ތިމާވެށި ހިމާޔަތްކުރުމާ ބެހޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަޤާފަތް ރާއްޖޭގައި ފުޅާކުރުމަށް މަގުފަހިވާނެކަމަށް އެސްޑީއެމް ކުންފުނިން ވަނީ އުންމީދުކުރާކަމަށް ބުނެފައެވެ.

މިފަދަ ޕްރޮގްރާމްތައް ކުރިމަގުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް އެސްޑީއެމް ކުންފުނިން ރާވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.