ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގެ މެއިންޓަނެންސް ލަފާކުރި ވަގުތަށްވުރެ ކުރިން ނިންމާލައިފި

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގެ މެއިންޓަނެންސް ލަފާކުރި ވަގުތަށްވުރެ ކުރިން ނިންމާލައިފި

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2025 02:41
0

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގައި ކުރަމުންދިޔަ މެއިންޓަނެންސް މަސައްކަތް ކާމިޔާބުކަމާއެކު ސްޓެލްކޯއިން ނިންމާލައިފިއެވެ. މިމަސައްކަތް ނިންމާލެވިފައިވަނީ ލަފާކުރި ވަގުތަށްވުރެ ކުރިން، މިއަދު ހެނދުނު 08:43 ގައިކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ޝެޑިއުލްކޮށް ލަފާކުރީ މެއިންޓެނެންސް ނިންމާލެވޭނީ ހެނދުނު 10:00 އަށްކަމަށްވާއިރު، މަސައްކަތް އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ އިންޖީނިއަރުންނާއި ޓެކްނީޝިއަނުންގެ ގާބިލުކަމާއި ހީވާގިކަމުންކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި، އެމަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ ރޫހު އޮތްކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، މިމަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ޝުކުރު އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މި މެއިންޓަނެންސް މަސައްކަތަކީ ހުޅުމާލޭ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުހިންމު އިންޖީނުގޭގެ ފެންވަރު ދެމެހެއްޓުމަށް ކުރެވޭ ދުވަސްވީ މަސައްކަތެކެވެ. މިފަދަ މަސައްކަތްތައް ވަގުތަށް ނިންމުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ބައެއްކަމަށް ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.