ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Author
އަހުމަދު
23 އޮގަސްޓް 2025 02:30
0

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފަށާފައިވަނީ ދެ އެނދުގެ ޔުނިޓަކާއެކުގައެވެ. އަދި މި ހިދުމަތާއެކު އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްވެސް މިހާރު އެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޑަޔަލިސިސްގެ ހިދުމަތް އެންމެ ފަހުން ފެށީ ހއ. އިހަވަންދޫގައެވެ. އަދި އެ ހިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އދ، ވ، މ، ފ. އަދި ދ. އަތޮޅުގައެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.