އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހާ 30 ދުވަހަށް ބަންދު ކޮށްފި

އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހާ 30 ދުވަހަށް ބަންދު ކޮށްފި

Author
ހުސައިން
05 އޮގަސްޓް 2025 09:57
0

މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ސްޓާގެ މުހައްމަދު ރަޒީން (49 އަހަރު) އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ހިނގި މި ހާދިސާގައި ރަޒީން ކޮށްފައިވަނީ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިނުމުގެ ޢަމަލެކެވެ.

ރަޒީންއަކީ އެކިއެކި ކުށްތަކުގެ މައްސަލަތަކުގައި ކުރިންވެސް ފުލުހުން ހައްޔަރުކޮށްފައިވާ މީހެއްކަން ފާހަގަކުރެވެއެވެ. އޭނާ އެންމެފަހުން ހައްޔަރުކުރެވުނީ މި އަހަރުގެ އެޕްރީލް މަހު މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލައި ގެއްލުންދިން މައްސަލައެއްގައެވެ.

ކްރިމިނަލް ކޯޓުން ރަޒީންގެ ބަންދާމެދު ގޮތެއް ނިންމީ، ފުލުހުން އޭނާ ހާޒިރުކޮށް ބަންދުގައި ބެހެއްޓުމަށް އެދުމުންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ރަޒީން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ އޭނާ ދޫކޮށްލައިފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ފެންނާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.