ކަނޑު އުޅަނދުތައް ބެލުމަށް އިމިގްރޭޝަނުން ޒަމާނީ ނިޒާމެއް ތައާރަފުކޮށްފި

ކަނޑު އުޅަނދުތައް ބެލުމަށް އިމިގްރޭޝަނުން ޒަމާނީ ނިޒާމެއް ތައާރަފުކޮށްފި

Author
ހުސައިން
05 އޮގަސްޓް 2025 10:40
0

ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ބެލުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުރިހަމަ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ގާއިމުކޮށްފިއެވެ. ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނުވަތަ ޔޫއޭއައިއެސް ގެ ނަމުން ގާއިމުކުރި މި ނިޒާމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރުތަކުގައި ބޭނުންކުރާ ވަރަށް އިތުބާރު ހުރި ނިޒާމެކެވެ.

އިމިގްރޭޝަނުގެ ސީޕޯޓް ޑިވިޝަނުން ގާއިމުކުރި މި ނިޒާމުގެ ސަބަބުން މާލެ ބަނދަރު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލުގެ ދުރުމިނުގައި ދުއްވާ އެންމެހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ވަގުތުން ވަގުތަށް ބެލޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މިއީ ބަނދަރުގެ ހިންގުން ރަނގަޅުކުރުމާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ބަނދަރުތަކުގައި ބޭނުންކުރާ ނިޒާމެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މި އައު ނިޒާމު ތައާރަފުވުމާއެކު ސީޕޯޓް ޑިވިޝަނުން ކަނޑު އުޅަނދުފަހަރަށް ދޭ ކްލިއަރެންސްތައް ވަރަށް އަވަހަށް ދެވޭނެ ކަމަށާއި، ޚިދުމަތުގެ ފެންވަރު ވެސް ކުރިއަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އިމިގްރޭޝަނުން އުންމީދުކުރެއެވެ. މި ނިޒާމަކީ ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ބަނދަރުތަކުގެ ހިންގުން ޒަމާނީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އިމިގްރޭޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.