މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ 18 އަހަރުގެ އަންހެން ކުއްޖަކު ފުލުހުން ހައްޔަރުކޮށް، ކޯޓުން 5 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަންހެން ކުއްޖާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ބަންދު މަޖިލީހުގައި، އޭނާ ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދު 5 ދުވަހަށް ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި އަންހެން ކުއްޖާގެ އިތުރުން އެހެން ބަޔަކުވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުންގެ ތެރެއިން ބައެއް ފަރާތްތައް ކޯޓުން ވަނީ ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށާއި، ބައެއް ފަރާތްތައް ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޒުވާނުން ބައިވެރިވާ މިންވަރު އިތުރުވަމުންދާތީ، މިފަދަ ކަންކަމުން ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭހަތްދެމުން ގެންދާ ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ