ވެލާނާ އެއާޕޯޓުގައި ކާރަކާއި ފޯކްލިފްޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

ވެލާނާ އެއާޕޯޓުގައި ކާރަކާއި ފޯކްލިފްޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

Author
ހުސައިން
02 އޮގަސްޓް 2025 03:15
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެރިއާގައި މިއަދު ހެނދުނު ހިނގި ޓްރެފިކް ހާދިސާއެއްގައި ކާރަކާއި ފޯކްލިފްޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވީއައިއޭ ޓާމިނަލްގެ ޔޫޓާން ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައެވެ. ނަމަވެސް ޚުޝްޚަބަރަކީ މި ހާދިސާގައި އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަތް ކުލައިގެ ކާރެއް ފޯކްލިފްޓެއްގައި ވަރަށް ބާރަށް ޖެހި، ދެ އުޅަނދަށްވެސް ނުހަނު ބޮޑެތި ގެއްލުންތަކެއް ވެފައިވާ މަންޒަރު ފާހަގަކުރެވެއެވެ. މި ވަގުތު ފުލުހުން ދަނީ މި މައްސަލާގެ ތަފްސީލުތައް ބަލައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

ޗުއްޓީގެ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އާދައިގެ ދުވަސްތަކާ އަޅާބަލާއިރު މާ ބާރުބޮޑު ތަނަކަށް ވާއިރު، ޚާއްސަގޮތެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި ޗުއްޓީ ހޭދަކޮށް އެނބުރި އަންނަ ފަތުރުވެރިން އިތުރުވުމުން އެއާޕޯޓު ސަރަހައްދުގައި ޓްރެފިކް ވަރަށް ބޮޑަށް އިތުރުވެއެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އެއާޕޯޓު ސަރަހައްދުގައި ދުއްވާއިރު އެމްއޭސީއެލް އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި ސްޕީޑް ލިމިޓަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަލާމަތީ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.