އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލާގައި 49 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭގެ މ. ސްޓާގައި ދިރިއުޅޭ މުހައްމަދު ރަޒީން އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލައިގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 1:30 ގައެވެ. މި ހާދިސާ ހިނގި ފަހުން ފުލުހުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ރަޒީން ވަނީ ހައްޔަރު ކޮށްފައެވެ.
މުހައްމަދު ރަޒީން އަކީ މީގެ ކުރިންވެސް އެކި ކުށްތަކުގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ހައްޔަރުކުރެވުނީ ކެފޭއެއްގެ ރެކު ތަޅާލައި ގެއްލުން ދިން މައްސަލައެއްގައެވެ. މި ފަހަރު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލާގައި ރަޒީން ހައްޔަރުކުރުމާއެކު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ތަހުގީގު ފުލުހުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ