20 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީން "ރަން ރީނދޫ" ދުވުން ބާއްވައިފި

20 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީން "ރަން ރީނދޫ" ދުވުން ބާއްވައިފި

Author
ހުސައިން
01 އޮގަސްޓް 2025 10:03
0

އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ހާއްސަ ދުވުމެއް ބާއްވައިފި އެވެ.

"ރަން ރީނދޫ" ގެ ނަމުގައި ބޭއްވި މިދުވުން ބޭއްވީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

އެމްޑީޕީން ބުނިގޮތުގައި އެ ދުވުމުގެ ބޭނުމަކީ، އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ.

އެމްޑީޕީން ބުނީ، ހުޅުމާލޭގައި އެ ހަރަކާތް މިއަދު ފެށި ނަމަވެސް އެ ހަރަކާތް ރަސްމީކޮށް ނިންމާލާނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ފަހު ކަމަށެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެދުވުން ފެށީ ހާއްސަ ދަންމަރަކާއެކު އެވެ. އެމްޑީޕީން ބުނީ އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.

އެ ދުވުމުގައި އެމްޑީޕީ ގިނަ އަދަދެއްގެ އަންހެން މެންބަރުން ވެސް ހިމެނޭހެން ގިނަ ބަޔަކު ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.