ގިރިފުށީގައި ސިފައިންގެ ބޮޑު ތަމްރީނެއް މާދަމާ ފަށާނެ

ގިރިފުށީގައި ސިފައިންގެ ބޮޑު ތަމްރީނެއް މާދަމާ ފަށާނެ

Author
ހުސައިން
01 އޮގަސްޓް 2025 10:44
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް މާދަމާ އޮގަސްޓް 2 ވަނަ ދުވަހުން ފެށިގެން ކ. ގިރިފުށީގައި ފަށާނެއެވެ.

ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ އޮގަސްޓް 2 އިން 5 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 6:30 އިން ރޭގަނޑު 11:59 އަށެވެ. މި މުއްދަތުގައި ގިރިފުށީ ސަރަހައްދުގައި ސިފައިންގެ ޚާއްޞަ ހަރަކާތްތައް ހިންގާނެއެވެ.

މި ތަމްރީނުގައި ބޭނުންކުރާނެ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީގެ ހުޅަނގު ދެކުނަށް 5400 މީޓަރުގެ ދުރުމިނަކަށް ކަމަށާއި، އެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ސިފައިންގެ ފަންނީ ޤާބިލިއްޔަތު އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ތަމްރީނެކެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ސިފައިން ކުރިއަށްގެންދާ މިފަދަ ތަމްރީނުތަކުގެ މައުލޫމާތު ދުރާލާ އާންމުކުރަމުން ގެންދާނެ ކަމަށެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަމްރީނު ހިންގާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިން އެންގުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.