ހުޅުމާލޭގައި ޓްރެފިކް ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގައި ޓްރެފިކް ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯ ކުރަން ފަށައިފި

Author
ހުސައިން
21 ޖުލައި 2025 12:56
0
ހުޅުމާލޭގައި މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފުލުހުން ފަށައިފިއެވެ.

ހުޅުމާލެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މަނާ ތަންތަނުގައި ނުވަތަ ޓްރެފިކް ގަވާއިދާ ހިލާފަށް ޕާކްކުރާ ކޮންމެ އުޅަނދެއް ޓޯކުރާނެކަން އުޅަނުތަލުގެ ވެރިނަނަށް  ހަދާންކޮށްދޭކަމަށެވެ. 

އޭގެތެރޭގައި ޒެބްރާ ކްރޮސިން، ޑަބަލް ލައިން، ނުވަތަ ސްމޫތު ޓްރެފިކް ފްލޯ އަށް ހުރަސް އަޅާ ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ ނަމަ އެ އުޅަނދުތައް ނަގާނެކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަންތަނުގައީ ޕާކުކުރުުމުން އެންމެނަށް އުނދަގޫވެ ރައްކާތެރިކަން ނެތިގެންދާކަމަށްވެސް ފުލުހުން ބުނެއެވެ. 

އަދި މިއީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައިވެސް މަޖީދީމަގާއި ބޮޑުތަކުރުފާނުގެ މަގުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތަކަށް 750 ރުފިޔާގެ ޖޫރިމަނާ އެއް ދައްކަންޖެހެއެވެ. އަދި އެ ޖޫރިމަނާ ބަލައިގަންނަނީ ކުރިން ކޮށްފައި ހުރި އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކާ ހަލާސްކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.