ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަނީ

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަނީ

Author
ހުސައިން
18 ޖުލައި 2025 07:48
0

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ބުދަ ދުވަހުގެ މެންދުރު 12:35 ގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ މަޢުލޫމާތު ދައްކާގޮތުން މި މައްސަލައިގައި ތުހުމަތުކުރެވެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކަށް ކަމަށެވެ. މިހާރު މި މައްސަލަ އެރަށުގެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި، މިފަދަ މައްސަލަތައް ފުލުހުން އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.