މާލެ، ދިވެހިރާއްޖެ – އަސްކޮއި އުމްރާ ކުންފުނިން އުމްރާ ޒިޔާރަތަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން ހަމަޖެހިފައިވާ ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންކަމާބެހޭ މިނިސްޓްރީގެ ސަމާލުކަމަށް މިރޭ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމީ ކަންކަމާބެހޭ މިނިސްޓްރީން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.
އަސްކޮއި އުމްރާ ކުންފުނިން މި މައްސަލައާ ގުޅިގެން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިންވެސް އުމްރާ ގްރޫޕަތަކުން އޮޅުވާލާ އެތައް ބަޔަކަށް ލަނޑު ދީފައި ވެއެވެ. އެފަދަ ބައެއް ޖަމާއަތްތައް މިނިސްޓްރީން ފާއިތުވެދިޔަ ތަނުގައި ބޮދެތި ޖޫރިމާނާތައްވެސް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ