މޫސުން ގޯސްވެމުންދާތީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މިރޭ 11:30 އިން ފެށިގެން މާދަމާ މެންދަމު 3:30 އާ ހަމައަށް މި ސަރަޙައްދުތަކުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވިލާގަނޑުން ވައި ބާރުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. މިފަދަ މޫސުން ގޯސްވާ ހާލަތުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
މި ހާލަތުގައި، ދަތުރުކުރާ ފަރާތްތަކަށާއި، ކަނޑުމަތީގައި އުޅޭ އުޅަނދުފަހަރުގެ ވެރިންނަށް މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.
ވިއްސާރަވެ ވައި ބާރުވާ މި ހާލަތުގައި، ގަދަ ވައިގެ ސަބަބުން ގަސްގަހާގެހި ވެއްޓި، ފެންބޮޑުވުން ފަދަ ކަންކަން މެދުވެރިވުމުގެ ފުރުސަތު އޮތުމާއެކު، ރައްޔިތުން ވީހާވެސް ރައްކާތެރިކަމާއެކު ތިބުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ