ކުނަހަންދޫ ބޮޑޮހުރާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ

ކުނަހަންދޫ ބޮޑޮހުރާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ

Author
ހުސައިން
10 ޖުލައި 2025 07:42
0

ލ. ކުނަހަންދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ކުރެދިރަހާ ނުވަތަ ބޮޑޮހުރާ ވަގުތީ ގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކައުންސިލުން ވަނީ އިޢުލާނު ކޮށްފައެވެ.

މި ފުރުޞަތަށް އެދޭ ފަރާތްތަކުން ފުރަތަމަ ރަޖިސްޓްރީވެ، އޭގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ. ރަޖިސްޓްރީވުމަށްޓަކައި ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރަންވާނެއެވެ. އެހެން ނަމަވެސް ބޭނުންވާ ފަރާތްތަކަށް ކައުންސިލަށް ގޮސްގެން ވެސް ފޯމް ހުށަހެޅިދާނެއެވެ.

މި މަސައްކަތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ސުވާލު ފޮނުވިދާނެއެވެ. އަދި 9995970 ނަންބަރަށް ގުޅައިގެން ނުވަތަ ކައުންސިލަށް ވަޑައިގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ރަޖިސްޓްރީވި ފަރާތްތަކުން އަގު ހުށަހަޅަންވާނީ ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ކައުންސިލުން ސާފުކޮށްދީފައިވާ ގޮތުގައި މި ވަގުތަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.