ގައްޒާގެ އުތުރުގައި ހުންނަ ބައިތު ހަނޫން ސަރަހައްދުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިޒްރޭލުގެ ސިފައިން ގިނަ އަދަދެއް ބަޔަކު މަރުވެ، ބައެއް ސިފައިނަށް ސީރިއަނިޔާތަކެއް ލިބިއްޖެއެވެ.
އަލް ޖަޒީރާ ޗެނަލުން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި މަދުވެގެން 5 ސިފައިން މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ މިހަމަލާގައި އަނިޔާވި ސިފައިންގެ އަދަދު 14 އަށް އަރާ ކަމަށެވެ.
މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ އިސްރާއީލު ސިފައިން ހިނގާފަ ދަނިކޮށް މަގުގެއް އެއްކައުރީގައި ބާއްވާފައި އޮތް ބޮމެއް ގޮއްވާލައިގެންނެވެ.
މި ހާދިސާ ހިނގާފައިވަނީ، މީގެ ހަފުތާއެއް ކުރިން ހަމާސްގެ ހަނގުރާމަވެރިން ދިން އެހެން ހަމަލާއެއްގައި އިޒްރޭލުގެ 7 ސިފައިން މަރުވެފައި ވަނިކޮށެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހަމާސް އިން ދިން އެކި ހަމަލާތަކުގައި ޖުމްލަ 30 އިޒްރޭލު ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެ އެވެ.
ގައްޒާ ސަރަހައްދުގައި ދެފަރާތުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގައި އިޒްރޭލުގެ ސިފައިންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުން ދާކަން މި ހާދިސާތަކުން ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ