ފުލުހުންގެ އިތުރު 6 މަރުކަޒާއި 2 އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކޮށްފި

ފުލުހުންގެ އިތުރު 6 މަރުކަޒާއި 2 އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކޮށްފި

ގުޅުންހުރި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ 6 މަރުކަޒާއި 2 އެކޮމޮޑޭޝަން ބްލޮކް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އިއުލާން ކޮށްފިއެވެ.

މި އިއުލާނުގެ ދަށުން ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވައް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު އެޅުމަށް ހުޅުވާލައިފިއެވެ. އަދި ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ވެސް ހުޅުވާލައިފިއެވެ.

މި މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ޖުލައި 6 ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ސޮފްޓްކޮޕީ ފޯމެޓުގައި ޑައުންލޯޑް ކުރެވޭނެއެވެ. ބިޑުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޕްރޮޖެކްޓްތަކާ ބެހޭގޮތުން ސުވާލެއް އުފެދޭނަމަ ޖުލައި 20 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. ބީލަންތައް ހުށަހަޅާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޖުލައި 29 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިންނެވެ. ބިޑު ހުޅުވުން ބާއްވާނީ ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މިއީ ސަރުކާރުން ކުރިއަށް ގެންދާ ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ވިސްނުމުގެ އިތުރު ހިންގުމެކެވެ. މީގެ ކުރިން މާޗު މަހު 75 ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން، އާރްޑީސީ އަދި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ފެނަކައިން 40 މަރުކަޒު، އާރްޑީސީން 20 މަރުކަޒު އަދި އެމްޓީސީސީން 15 މަރުކަޒު އެޅުމަށް އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް އެ މަޝްރޫޢުތަކުގެ އަގާއި ތަފްސީލު މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ވަޢުދަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކޮށް، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ