އެސްއޯއާރުސީން ސީޕީ ކަޕް 2025ގެ ފިރިހެން ޗެމްޕިއަންކަން ހޯދައިފި

އެސްއޯއާރުސީން ސީޕީ ކަޕް 2025ގެ ފިރިހެން ޗެމްޕިއަންކަން ހޯދައިފި

ގުޅުންހުރި

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސީޕީ ކަޕް 2025ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެސްއޯއާރުސީން ކާމިޔާބުކޮށްފިއެވެ. އެސްއޯއާރުސީން ޗެމްޕިއަންކަން ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ބޭއްވުނު ފައިނަލް މެޗުގައި އެޗްއެމްޕީގެ މައްޗަށް ޕެނަލްޓީ ޝޫޓް އައުޓްގައި 7-6ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ވަރަށް ވާދަވެރިކޮށް ކުޅެވުނު މި މެޗުގައި ފުރަތަމަ ހާފުގައި އެޗްއެމްޕީން ގޯލެއް ޖަހައި ލީޑު ނެގިއެވެ. ނަމަވެސް ދެވަނަ ހާފު ނިމެން ދަނިކޮށް އެސްއޯއާރުސީން ގޯލެއް ޖަހައި ނަތީޖާ 1-1ން ހަމަހަމަކުރިއެވެ. މިއާއެކު މެޗުގެ ޗެމްޕިއަން ކަނޑައެޅުމަށް ޕެނަލްޓީ ޝޫޓް އައުޓަކަށް ދާންޖެހުނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެސްއޯއާރުސީގެ ޖާޒީ ނަންބަރު 10، އަހުމަދު ރިފްޝާންއެވެ. އޭނާ އަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެސްއޯއާރުސީގެ އަހުމަދު ރިފްޝާން އާއި އަހުމަދު އަލީގެ އިތުރުން، އެޗްއެމްޕީގެ އަބާން މުހައްމަދު، އަޖުލާން އަބްދުލް ހަންނާން އަދި ހަސަން އަލީފް އިބްރާހިމް ހިމެނެއެވެ.

ފެއާ ޕްލޭ އެވޯޑު ލިބުނީ ޑީއީ ޓީމުގެ ޖާޒީ ނަންބަރު 7، ހަސަން ރާއިދަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހާސިލުކުރީ ޗެމްޕިއަން ޓީމު އެސްއޯއާރުސީގެ ކޯޗު އާތިފް މުހައްމަދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ