ބީއެމްއެލްގެ ނިންމުން ބަދަލުކޮށް، ބޭރުގައި އުޅޭ ދިވެހިންނަށް 750 ޑޮލަރަށްވާ ފައިސާ ނެގޭ ގޮތަށް ހަމަޖައްސައިފި

ބީއެމްއެލްގެ ނިންމުން ބަދަލުކޮށް، ބޭރުގައި އުޅޭ ދިވެހިންނަށް 750 ޑޮލަރަށްވާ ފައިސާ ނެގޭ ގޮތަށް ހަމަޖައްސައިފި

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓް ކާޑުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހަކު 750 އެމެރިކާ ޑޮލަރު ނެގޭނެ ގޮތް ހަމަޖައްސައިދީފިއެވެ. ބީއެމްއެލްއިން މި ބަދަލު ގެނައީ، ކާރޑުތައް ހިފައިގެން ރާއްޖެއިން ބޭރަށް ގޮސް، އޭޓީއެމްތަކުން ފައިސާ ނެގުމަށްފަހު ޑޮލަރު ގަންނަމުންދާ މައްސަލަ ހައްލު ކުރުމަށް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދު 125އަށް ލިމިޓް ކުރުމަށްފަހުއެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭރު ޤައުމުތަކަށް ގެންގޮސްގެން އޭޓީއެމް ތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ބޭންކުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ.

މިއަދުން ފެށިގެން ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް މަތިކޮށްފައިވާއިރު، އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނެގޭނެ ނަގުދު ފައިސާގެ އަދަދަކީ މަހަކު 125 ޑޮލަރެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން 10 ޑޮލަރުގެ ޗާޖެއް ނެގޭނެއެވެ.

ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިފައިވެއެވެ. ބީއެމްއެލްގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، ބޭރުގައި އުޅޭ ދިވެހިންނަށް މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ. މި ލިމިޓާ ހަމައަށް އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ވެސް ނެގޭނެއެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓަކީ މިދިޔަ ފެބްރުއަރީ މަހު 1,200 ޑޮލަރަށް ބޮޑުކޮށްފައިވާ ލިމިޓެކެވެ. ބޭންކުން ޔަޤީންކަން ދީފައިވާ ގޮތުގައި، މި ބަދަލުތަކުގެ އަސަރެއް ދަރިވަރުންނަށް ނުކުރާނެއެވެ.

ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ އޮންލައިން ޝޮޕިންގ ސައިޓްތަކުން ތަކެތި ގަތުމުގައި 30 ޕަސެންޓާ ހަމައަށް އިތުރު ފީއެއް ނެގުމެވެ. އެހެންނަމަވެސް ޓިކެޓް ނެގުމާއި ހޮޓާ ބުކްކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާ ދެއްކުމުގައި މި ފީ ނުނެގޭނެއެވެ.

ބީއެމްއެލްއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބޭރުގެ މުއާމަލާތްތަކަށް މަހަކު ހަމަޖައްސައިދޭ 45 މިލިއަން ޑޮލަރުގެ 75 ޕަސެންޓަކީ އީކޮމާސް ސައިޓުތަކުން ވިޔަފާރިކުރަން ޚަރަދުކުރާ ފައިސާއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު ދުވާލަކަށް 17 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ