ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލައިފިއެވެ.
މި ފުޓްސަލް ދަނޑަކީ ވިލިނގިލީ ޔޫތް ސެންޓަރ ގޯތި ތެރޭގައި އޮންނަ މެޓް ދަނޑެވެ.
މި މައްސަލައިގައި ފުލުހުން ބުނީ، ވިލިނގިލީ ފުޓަސަލް ދަނޑުގައި އަޅައިފައި އޮތް މެޓުގައި އަލިފާން ރޯވެފައިވާކަން މިރޭ 19:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯކޮށްލާފައި ވުމުން ފުޓްސަލް ދަނޑުގެ މެޓްގެ ބޮޑުބައި އަނދާފައި ވާކަމަށް މަންޒަރުދުށް މީހަކު ޚަބަރު އޮންލައިނަށް ވަނީ ކިޔައިދީފައެވެ. އަދި އެސަރަހަދުގައި ޕެޓްރޯލު ވަސް ކޮންމެވެސް ވަރަކަށް ހުރި ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިކަން ހިނގާފައި މިވަނީ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމާގުޅޭގޮތުން އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.
ފުލުހުން މިހާރު އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ