ވިލިމާލޭ ގެއަކުން ވައްކަންކުރި ނޭޕާލް އަންހެނަކު ހައްޔަރުކޮށްފި

ވިލިމާލޭ ގެއަކުން ވައްކަންކުރި ނޭޕާލް އަންހެނަކު ހައްޔަރުކޮށްފި

Author
ހުސައިން
30 ޖޫން 2025 11:53
0

ވިލިމާލޭގައި ހުންނަ ގެއެއްގައި މަސައްކަތް ކުރުމަށް ގެންދިޔަ ނޭޕާލް އަންހެނަކު އެ ގެއިން ވައްކަންކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ 39 އަހަރުގެ ތަޕާ ރުދްރާ މާޔާއެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، އޭނާ ވައްކަންކޮށްފައިވަނީ މަސައްކަތް ކުރުމަށް ގެންދިޔަ ވިލިމާލޭގެ ގެއަކުންނެވެ. އެހެންނަމަވެސް އޭނާ ވަގަށް ނަގާފައިވާ ތަކެތީގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ތަޕާ ރުދްރާ މާޔާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިހާރު މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.