އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި މިއަދު އަލީ އުމަރުގެ ހެކިބަސް ނަގަނީ

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި މިއަދު އަލީ އުމަރުގެ ހެކިބަސް ނަގަނީ

Author
ހުސައިން
29 ޖޫން 2025 10:04
0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލައިގައި، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ނެގުމަށްޓަކައި އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަލީ އުމަރު މިއަދު ކޯޓަށް ހާޒިރުވުމަށް އަލުން އަންގާފައިވެއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލީ އުމަރު ކޯޓަށް ހާޒިރުވުމަށް އަންގާފައިވީނަމަވެސް، އޭނާ އެއްވެސް ފަހަރަކު ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. މައްސަލަ ބަލަމުންދާ ފަނޑިޔާރު، އެންމެ ފަހުގެ ޝަރީއަތުގައި ވިދާޅުވެފައިވަނީ މިއަދުގެ އަޑުއެހުމަށް އަލީ އުމަރު ކޯޓަށް ހާޒިރުކުރެވޭނެ ކަމަށެވެ. މި މައްސަލައިގައި ދައުލަތުން ނިންމާފައިވަނީ ޖުމްލަ ފަސް މީހެއްގެ ހެކިބަސް ހޯދުމަށެވެ.

ފީފާއިން އެފްއޭއެމްއަށް ފޮނުވި އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. ފުރަތަމަ ދައުވާ އުފުލާފައިވަނީ ފީފާއިން ފޮނުވި އެހީގެ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު އޭނާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް، ޝަޚްޞީ ބޭނުންތަކަށް ޚަރަދުކުރިކަމުގެ ތުހުމަތުގައެވެ.

ދައުލަތުން ބުނާ ގޮތުގައި، ބައްސާމް އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ ފައިސާގެ ބޮޑު ބައެއް، އޭނާއާއި އޭނާގެ އަނބިމީހާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސް ކުންފުނީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބައްސާމް ދިރިއުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާކަމަށްވެސް ދައުލަތުން ތުހުމަތުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.