ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސަށް ރައީސް މުއިއްޒު ފޮނުއްވައިފި

ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސަށް ރައީސް މުއިއްޒު ފޮނުއްވައިފި

Author
ހުސައިން
29 ޖޫން 2025 09:52
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށް ފޮނުއްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުވަހުގެ ހެޔޮއެދުންތައް އެ ޤައުމުގެ ރައީސަޑާއި، ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

އަދި މިއީ އުފަލާއި އެއްބައިވަންތަކަމުގެ ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ދެ ޤައުމުގެ އާންމު މަސްލަހަތަރު ހިމެނޭ ކަންކަމުގައާއި ސަރަހައްދީ ސުލްހައާއި ތަނަވަސްކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.