ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްތަކަށް ޒިޔާރަތްކުރަން ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްތަކަށް ޒިޔާރަތްކުރަން ފަށައިފި

Author
ހުސައިން
27 ޖޫން 2025 10:56
0

ލޯކަލް ކައުންސިލް އިންތިޚާބު ކުރިމަތިވެފައިވާތީ، ވެރިކަން ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ކުރާ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތަކުގައި ޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެއެވެ.

މިދިޔަ ދުވަހު ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޒިޔާރަތްކުރީ ރާއްޖޭގެ އުތުރުގެ ރ. އަތޮޅާއި ނ. އަތޮޅާއި އއ. އަތޮޅަށެވެ. މިއަދު ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުނ ދާނީ ހދ. އަތޮޅުގެ ރަށްރަށަށެވެ. ޕީއެންސީގެ ފަރާތުން މި ދަތުރުތައް ކުރަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރެއަށް ދަތުރުތައް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ޕާޓީގެ މެންބަރުންނާ ބައްދަލުކުރަން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ 2026 ވަނަ އަހަރުގެ މާޗު މަހުގައެވެ. ޕީއެންސީގެ ލީޑަރޝިޕުން ވިދާޅުވަނީ މި އިންތިޚާބުގައި ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ޔަޤީންކަން އޮތް ކަމަށެވެ.

މީގެ އިތުރުން ވެރިކަމުގައި އޮތް ޕީއެންސީން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތަކުގައި އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރުގައި ޕާޓީގެ މެންބަރުންގެ ޚިޔާލު ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.