ހަތް ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބޭރުގެ ބޯޓުގެ ކްރޫންގެ މައްސަލަ ދައުލަތުން ދޫކޮށްލައިފި

ހަތް ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބޭރުގެ ބޯޓުގެ ކްރޫންގެ މައްސަލަ ދައުލަތުން ދޫކޮށްލައިފި

Author
ހުސައިން
25 ޖޫން 2025 12:16
0

މިދިޔަ މާޗު މަހު ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރުގެ ބޯޓަކުން ހައްޔަރުކުރި މީހުންގެ މައްސަލަ ދައުލަތުން ދޫކޮށްލާފައިވާ ކަމަށް ހައިކޯޓުން ހާމަކޮށްފި އެވެ.

މުތާ ޑައިމަންޑް ނަމުގެ ބޯޓުން ހައްޔަރުކުރި 10 މީހުންގެ ތެރޭގައި އިންޑިއާއާއި އިންޑޮނީޝިއާގެ މީހުން ހިމެނޭއިރު، މިހާރު ވަނީ ބޯޓުގެ ކެޕްޓަން ފިޔަވައި އެހެން އެންމެން ދޫކޮށްލާފަ އެވެ.

އިންޑިއާގެ ހަ މީހުންގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިދިޔަ ހަފްތާގައި އެ މައްސަލައިގެ އަޑުއެހުންތައް ފެށުނެވެ. ނަމަވެސް ދައުލަތުން އެ އިސްތިއުނާފު އަނބުރާ ގެންދިއުމުން، ހައިކޯޓުން މައްސަލައިގެ ފައިލް ބާތިލުކޮށްފި އެވެ.

ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާކުރާނެ ފަދަ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.