ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލުމުގެ މައްސަލައިގެ ޝަރީއަތް ސުޕްރިމް ކޯޓުގައި މާދަމާ ފަށަނީ

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލުމުގެ މައްސަލައިގެ ޝަރީއަތް ސުޕްރިމް ކޯޓުގައި މާދަމާ ފަށަނީ

Author
ހުސައިން
24 ޖޫން 2025 02:34
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުމާ ގުޅޭ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މާދަމާ ފެށުމަށް ނިންމައިފި އެވެ. މި މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލައިފައިވާއިރު، މިއީ މިހާރުގެ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ޕީއެންސީގެ މެމްބަރު ސިނާންގެ މައްޗަށް މި މައްސަލަ ހުށަހެޅިފައިވަނީ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ލޯނެއް ކޯޓު ހުކުމަކާ އެއްގޮތަށް ނުދައްކާތީ ކަމަށް ބުނެ، ޣާލިބު ސަލީމް ނަމަކަށް ކިޔާ ފަރާތަކުންނެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓު ހުކުމަކާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކައިފިނަމަ މަޖިލީހުގެ މެމްބަރުކަމުން ވަކިވާންޖެހޭނެ އެވެ.

މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ ޝަރީއަތް ބައްލަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނޭ ބެންޗަކުންނެވެ. މި މައްސަލައިގެ ނަތީޖާއަކީ މަޖިލީހުގެ ތެރޭގައި ބަދަލެއް އަތުވެދާނެ މުހިންމު މައްސަލައެއް ކަމުން، ސިޔާސީ ދާއިރާގައި މި މައްސަލައަށް ވަރަށް ބޮޑަށް ސަމާލުކަމެއް ލިބިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.