11 ވަނަ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ރާއްޖޭގައި 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ފާހަގަކޮށްފި

11 ވަނަ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ރާއްޖޭގައި 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ފާހަގަކޮށްފި

Author
ހުސައިން
21 ޖޫން 2025 07:43
0

އިންޑިއާ ހައި ކޮމިޝަންގެ އިސްނެގުމުގެ ދަށުން ތާޖު މޯލްޑިވްސް ރިސޯޓުގައި މިއަދު ބޭއްވި 11 ވަނަ ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއްޖެއެވެ. މި ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ދިވެހި ރައްޔިތުން ވެސް ހިމެނޭ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ހާމަކުރިއެވެ.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު މި ރަސްމިއްޔާތު ފައްޓަވައިދެއްވި އިރު، އިންޑިއަން ހައި ކޮމިޝަނަރު މުތު ބާލަސުބްރަމާނިއަން ވެސް މި މުނާސަބަތުގައި ބައިވެރިވެވަޑައިގަތެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ފާހަގަކުރައްވާ ކަމަށާއި، މުސްލިމުންނަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން އެކަށީގެންނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.

2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ އެމްބަސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ރޭވި ޕްރޮގްރާމާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރިއިރުއިރު، އެ ހާދިސާގައި ބައެއް ދީނީ އިލްމުވެރިންނާ ދެކޮޅަށް ދައުވާކުރުމަށްފަހު، އެ ދައުވާތަކަކީ ސިޔާސީ ބޭނުމަށް ކުރި ދައުވާތަކެއް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފުތާގައި އަނބުރާ ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.