ޙޫޘީން އިސްރާއީލަށް ދެވަނަ ފަހަރަށް މިސައިލް ހަމަލާ ދީފި

ޙޫޘީން އިސްރާއީލަށް ދެވަނަ ފަހަރަށް މިސައިލް ހަމަލާ ދީފި

Author
ހުސައިން
15 ޖޫން 2025 09:14
0

އިސްރާއީލުން އިރާނަށް ހަމަލާދޭން ފެށިފަހުން ޔަމަނުގެ ހޫތީ ދެވަނަ ފަހަަރަށް އިސްރާއީލަށް މިސައިލް ހަމަލާތައް ދީފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ދިން މި އެންމެ ފަހުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުން ތަކުރާރުކޮށް ބޮމު ޝެލްޓަރުތަކަށް ދުވަން ޖެހުނެވެ.

މި ފަހަރު، އިސްރާއީލުން ބުނަނީ މިސައިލްތައް އަންނަނީ ހަމައެކަނި އީރާނުން ނޫންކަމަށާއި، ޔަމަނުން، ޙޫޘީންގެ ފަރާތުން ވެސް އަންނަކަމަށެވެ. ހޫތީން އިސްރާއީލަށް ފުރަތަމަ މިސައިލް ހަމަލާ ދިނީ އަންގާރަ ދުވަހުއެވެ. އެމީހުން ބުނީ ދެ މިސައިލް ފޮނުވި ކަމަށެވެ، އަދި ޖަވާބެއްގެ ގޮތުން އިސްރާއީލުން ޔަމަނުގައި ޙޫޘީންގެ ބެލުމުގެ ދަށުގައިވާ ޙުދައިދާ ބަނދަރަށް ބޮމު ހަމަލާ ދިނެވެ.

ޙޫޘީން ބުނަނީ ޣައްޒާގެ ހަނގުރާމަ ފެށުމަށްފަހު ފަލަސްޠީނުގެ ރައްޔިތުންނާ އެކުވެރިވުމުގެ ގޮތުން އިސްރާއީލަށް ހަމަލާތައް ދޭކަމަށެވެ. މިއަހަރުގެ މާރިޗު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ސުލްޙަ ޤާއިމު ކުރެވުނު މުއްދަތުގައި ޙޫޘީންގެ ހަމަލާތައް މެދުކެނޑުނެވެ. އެހެންނަމަވެސް އިސްރާއީލުން ސުލްޙަވެރިކަން ނަގާލުމުން، ޙޫޘީން އަލުން މިސައިލް ފޮނުވަން ފެށިއެވެ. އެމީހުންނަކީ ޔަމަނުގައި އީރާނުގެ އެހީތެރިކަން ލިބޭ ގްރޫޕެކެވެ.

މިފަދަ ހަމަލާތަކުގައި އިސްރާއީލު މިލިޓަރީ ތަންތަނަށް ހަމަލާ ދީފައިވާނަމަ، އޭގެ މައުލޫމާތު އިސްރާއީލުން ހާމައެއް ނުކުރެއެވެ. ސަބަބަކީ އިސްރާއީލުގައި މިލިޓަރީ ސެންސަރޝިޕް އޮންނާތީއެވެ. އެހެންކަމުން މައުލޫމާތު ލިބޭނީ އީރާނުގެ މިސައިލްތައް އިސްރާއީލުގެ އަޔަން ޑޯމް ފަހަނައަޅައި ސިވިލް ތަންތަނަށް ޖެހިއްޖެނަމައެވެ. އަދި މިފަދަ ހަމަލާތައް ތެލް އަވީވް އާއި ޙައިފާގައި އަމާޒުވެފައިވާކަން އެނެގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.