ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީ ތައްޔާރު ވެއްޖެ

ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީ ތައްޔާރު ވެއްޖެ

Author
ހުސައިން
12 ޖޫން 2025 09:01
0

ކ. ތުލުސްދޫގައި އަލަށް އެޅޭ 30 އެނދުގެ ހޮސްޕިޓަލްގެ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިއަހަރުގެ މާރޗް މަހު 101.71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ތިން ބައެއް އިމާރާތްކުރެވޭނެއެވެ. އެއީ 1،729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެކެވެ.

އެމްޓީސީސީން ދީފައިވާ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިތަކާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ހިމެނޭނެއެވެ. މީގެ އިތުރުން ލެބޯޓްރީއާއި، އޮޕަރޭޝަން ތިއޭޓަރާއި، ވިއްސާ ކޮޓަރިއާއި، އެކްސްރޭ ކޮޓަރިއާއި، އަލްޓްރާ ސައުންޑް ކޮޓަރިއެއް ގާއިމުކުރެވޭނެއެވެ. ހަމަ އެހެންމެ އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓަކާއި ޕަބްލިކް ހެލްތު ޔުނިޓެއްވެސް މި ހޮސްޕިޓަލުގައި ހިމެނޭނެކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ތުލުސްދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ރަނގަޅުކުރުމަށް ކުރެވޭ މި މަސައްކަތަކީ، އެ ރަށުގެ އާބާދީއަށް ބަލާއިރު މުހިންމު ބޭނުމަކަށް ވެފައިވާ ކަމެކެވެ. މި ހޮސްޕިޓަލް ނިމުމުން ތުލުސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.