ގައުމީ އެއަރލައިންގެ ހާލަތު މިހާރުން މިހާރަށް ބަދަލު ނުކޮށްފިނަމަ ބަނގުރޫޓު ވެދާނެ: ސަޢީދު

ގައުމީ އެއަރލައިންގެ ހާލަތު މިހާރުން މިހާރަށް ބަދަލު ނުކޮށްފިނަމަ ބަނގުރޫޓު ވެދާނެ: ސަޢީދު

Author
ޢަލީ އާދަމް
03 ޖެނުއަރީ 2021 10:30
0

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު މިހާރުން މިހާރަށް ބަދަލު ނުކޮށްފިނަމަ ބަނގުރޫޓުވުމުގެ ބިރު އެބައޮތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު މޯލްޑިވައިންގެ އާމްދަނީ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ސާފު ފައިދާ 123 މިލިއަނަށް އަރާނެ ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސަޢީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރު ނިމުނު އިރު ގައުމީ އެއަރލައިން އޮތީ 600 މިލިއަން ރުފިޔާގެ ދަރަނީގައި ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނީގެ ހާލަތު މިހާރުން މިހާރަށް ބަދަލު ނުކޮށްފިނަމަ ބަނގުރޫޓު ވުމުގެ ބިރު އޮތްކަމަށް ގަބޫލުކޮށް އިސްލާހުކުރުމަށް ސަޢީދު ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނަކީ ކުރީގެ ގައުމީ އެއާލައިން އެއާ މޯލްޑިވްސް 26 އަހަރު ހިންގުމަށް ފަހު ބަނގުރޫޓުވެ ހުރިހާ އޮޕަރޭޝަނެއް 2000 ވަނަ އަހަރު ހުއްޓާލުމަށް ފަހު، ހަމަ އެ އަހަރު އުފެއްދި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެއާލައިނެކެވެ.

މާލީ މައްސަލަތަކާ ކުރިމަތިވެފައި ވިޔަސް، އެއާ މޯލްޑިވްސް އަށް ވީ ގޮތަށް އައިލެންޑް އޭވިއޭޝަން ސާވިސް ބަނގުރޫޓު ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ 2019 ވަނަ އަހަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

a abdhoo
Kunfuni higamundhaa goiy neygithibe vamundhas waudhu fudhdhaanam baguroot vaane.Hurihasves massala akee beykaaru vaudhu fudhdhun.Zinmas md naganjeheyne