ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ ރޭޓުން ޖުމްލަ 296 މިލިއަން ރުފިޔާ ބީއެމްއެލްއިން ބަހަނީ

ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ ރޭޓުން ޖުމްލަ 296 މިލިއަން ރުފިޔާ ބީއެމްއެލްއިން ބަހަނީ

Author
ހުސައިން
29 މެއި 2025 08:42
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ ރޭޓުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ނިންމައިފިއެވެ. މިއީ ބީއެމްއެލްގެ ތާރީޚުގައި ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު ފައިދާގެ އަދަދު ކަމަށް ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މި ރެކޯޑު ފައިދާއަކީ ބޭންކުގެ ވިޔަފާރި ހަރުދަނާވެ، މުވައްޒަފުންގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ކަސްޓަމަރުންނާއި ހިއްސާދާރުން ބޭންކަށް ދައްކަވާ އިތުބާރާއި ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ބޭންކުން ކުރިއަށް އޮތް ތަނުގައިވެސް މާލީ ގޮތުން ކުރިއަރަމުން ދާނެ ކަމަށާއި، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭންކުން ދެމިތިބޭނެ ކަމަށެވެ. މި ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ތާރީޚާ ހަމައަށް ބީއެމްއެލްގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ނަން ހިމެނޭ ފަރާތްތަކަށް ކަމަށް ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.