އަތުލައިގަތް މިޔަރު އުރަހަ ބޭރުކުރަން އުޅުނީ ލޮނުމަހުގެ ނަމުގައި: ކަސްޓަމްސް

އަތުލައިގަތް މިޔަރު އުރަހަ ބޭރުކުރަން އުޅުނީ ލޮނުމަހުގެ ނަމުގައި: ކަސްޓަމްސް

Author
ޢަލީ އާދަމް
03 ޖެނުއަރީ 2021 07:24
0

ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައި ވަނީ ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ބޭރުކުރަން މަސައްކަތް ކުރަނިކޮށް ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

ކަސްޓަމުން ބުނީ 21 ގަނޑު ފޮށީގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގަތީ ކަސްޓަމްސާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

މި ތަކެތި ބޭރުކުރަން އުޅުނީ ކޮންބައެއްކަމެއް ކަސްޓަމުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައި ވާތީ މިޔަރުގެ ބާވަތްތަކަކީ އިފުމާއި ގެންގުޅުން މަނާއެއްޗެކެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރުމާއި އެކްސްޕޯޓު ކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.