އައްޑޫގެ ޓޫރިޒަމް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާއެއްގައި ޕްރޮމޯޓް ކުރަން ޗައިނާއަށް ޓީމެއް ހިގައްޖެއެވެ. މި މަހުގެ 27-29 ދުވަހު ޗައިނާގެ ޝަންހާއީގައި ބާއްވާ އައިޓީބީ ފެއާ އަކީ ދުނިޔޭގައި ޓޫރިޒަމް ސިނާއަތުގެ ދާއިރާގައި ބާއްވާ އެންމެ މުހިންމު ފެއާތަކުގެ ތެރޭގައި ހިމެނޭ ފެއާއެކެވެ.
އިސް ފަރާތެއްގެ ގޮތުގައި ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ބައިވެރިވާ މި ޓީމުގައި އައްޑޫގެ ގެސްޓްހައުސް ސެކްޓަރުގެ ތަމްސީލު ކުރާ ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބައިވެރި ވެއެވެ. މި ފަހަރު އައްޑޫއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ހުރިހާ ފަރާތްތަކުން ސަޕޯޓްކުރައްވަމުން އަންނަ މި މަސައްކަތަކީ އެ ސިޓީގެ ޓޫރިޒަމް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެކެވެ.
"އައްޑޫ؛ ބިޔޯންޑް ދި އައްޑޫ" ގެ ނަމުގައި ރާއްޖޭގެ ދެކުނުގެ މަންޒިލެއްގެ ހައިސިއްޔަތުން ބްރޭންޑް ކުރަމުން ދާއިރު، މި ބްރޭންޑިން ބޭނުންކޮށްގެން މިދިޔަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ މަންޒިލްތަކުގައި އައްޑޫ ޕްރޮމޯޓް ކުރަން ފަށާފައި ވެއެވެ.
މި މަސައްކަތުގެ ބައެއްގެ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތް، ޗައިނާ އަދި ބަންގްލަދޭޝްގައި ބޭއްވި ޓުއަރިޒަމް ފެއާތަކުގައި އައްޑޫ އިޝްތިހާރުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ