ރީލޯޑްކުރުމުން 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަންއެއް ދިރާގުން ފަށައިފި

ރީލޯޑްކުރުމުން 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަންއެއް ދިރާގުން ފަށައިފި

Author
ހުސައިން
21 މެއި 2025 02:21
0

ރާއްޖޭގެ ނަން މަޝްހޫރު ޓެލެކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރ، ދިރާގުން އަލަށް ތަޢާރަފުކޮށްފައިވާ ޕްރޮމޯޝަނެއްގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.

މި ފަހަރުގެ ޕްރޮމޯޝަންގައި ކަސްޓަމަރުން ހަފްތާއަކު 300 ރުފިޔާއަށްވުރެ މަތިން ރީލޯޑްކޮށްފިނަމަ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮށްފިނަމަ، 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ކާމިޔާބުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ދިރާގުން މިކަމާބެހޭ ގޮތުން ދިން މަޢުލޫމާތުގައި ވާގޮތުން، މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު، ގުރުއަތުލުމުގެ ޛަރީޢާއިން ހޮވާނެއެވެ. މީގެ އިތުރުން، 20 ރުފިޔާއިން މަތީގެ ކޮންމެ ރީލޯޑަކުން 1 ޓެރަބައިޓާ ހަމައަށް ހިލޭ ޑޭޓާވެސް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގު އެޕް، ދިރާގުޕޭ، މައިއެކައުންޓް އަދި ދިރާގުގެ ޕާޓްނަރ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކުރެވިދާނެއެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ވަނީ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ މުއްދަތު އިޚްތިޔާރުކުރެވޭ ޕްރީޕެއިޑް ޕްލޭންތަކެއް ތައާރަފުކޮށްފައެވެ. މި ޕްރޮމޯޝަނަކީވެސް ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެއްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.