ޑިޖިޓަލް ހަމަހަމަކަމަކީ ޤައުމުގެ ކުރިއެރުމުގެ އަސާސް: އިހުސާން

ޑިޖިޓަލް ހަމަހަމަކަމަކީ ޤައުމުގެ ކުރިއެރުމުގެ އަސާސް: އިހުސާން

ގުޅުންހުރި

ޑިޖިޓަލް ވިޔުގައަށް ވާސިލުވުމުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް މަގުފަހިކުރާނެ ކަމެއްކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚާއްސަ ޚިޠާބުގައި، މިނިސްޓަރު އިހްސާން ފާހަގަކުރެއްވީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގައި މިންތީގެ ހަމަހަމަކަން ނުހަނު މުހިންމުކަމެވެ.

"ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަންފާ ލިބޭއިރު، އެއްވެސް ބައެއް އޭގެން މަޙްރޫމްވެގެން ނުވާނެއެވެ. ޚާއްސަކޮށް އަންހެނުންނަށް ވާސިލުވުމުގެ ފުރުސަތުތައް ހަނިވެފައިވާކަން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭއިރު، އަޅުގަނޑުމެންގެ ޤައުމުގައި މިކަން ރަނގަޅުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ދުވަހުގެ ޝިއާރަކީ "ޖެންޑަރ އިކުއެލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ކަމަށްވާއިރު، މިކަން ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް 2.0″ ޕްރޮގްރާމް ތަޢާރަފުކުރެއްވުމަށްފަހު ކަމަށްވެސް ފާހަގަކުރެވުނެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމަކީ ކޮންމެހެން ޒަރޫރީ ކަމެއްކަމަށް ވިދާޅުވަމުން، މިނިސްޓަރު އިހްސާން ފާހަގަކުރެއްވީ ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަވަމުންދާކަމެވެ.

"އަންހެން ދަރިންނަށް ތަޢުލީމު ޙާޞިލުކުރުމުގައި ތަފާތުކުރުމެއް ނެތި ފުރުސަތު ލިބެމުންދާކަން ފެނިފައިވަނީ އުފަލާއެކުގައެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިވަމުންދާކަންވެސް ފާހަގަކުރެވެއެވެ" މިނިސްޓަރު ވިދާޅުވިއެވެ.

ނިންމާލަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަމަކީ ހަމައެކަނި އަންހެނުންނަށް ވަސީލަތްތައް ފޯރުކޮށްދިނުން ނޫންކަމަށާއި، ޑިޖިޓަލް ހުނަރުތައް ބޭނުންކޮށްގެން ތަޢުލީމު، ޞިއްޙަތު، ވިޔަފާރި އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށްވެސް އަމާޒުކުރެވޭކަމެވެ.

ރާއްޖޭގައި އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު އޭނާ ތަޢުރީފުކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ