ހަނިމާދޫއާއި ބެންގަލޫރު ދެމެދު މޯލްޑިވިއަން ދަތުރުތައް ފަށައިފި

ހަނިމާދޫއާއި ބެންގަލޫރު ދެމެދު މޯލްޑިވިއަން ދަތުރުތައް ފަށައިފި

Author
ހުސައިން
15 މެއި 2025 10:57
0

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް މިއަދު ރަސްމީކޮށް ފައްޓައިފިއެވެ.

މޯލްޑިވިއަން އިން މިއަދުން ފެށިގެން މި ދަތުރުތައް ފަށާފައިވާއިރު، ހަނިމާދޫއާއި ބެންގަލޫރު ދެމެދު ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ފްލައިޓްތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު އޮޕަރޭޓްކުރެވޭނެއެވެ.

މި އައު މަންޒިލަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ދެކޮޅު ޓިކެޓްގެ އަގު ދިވެހިންނަށް ފެށޭނީ 299 އެމެރިކާ ޑޮލަރުން ނުވަތަ 4,610.58 ދިވެހި ރުފިޔާއިންނެވެ. އަދި ބިދޭސީންނަށް މި ޓިކެޓްގެ އަގު ފެށޭނީ 337 އެމެރިކާ ޑޮލަރުން ނުވަތަ 5,196 ދިވެހި ރުފިޔާއިންނެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، މި ފްލައިޓް ޝެޑިއުލް ރޭވިފައިވަނީ ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މޯލްޑިވިއަން އިން މިހާރު ހަނިމާދޫއާއި އިންޑިއާގެ ތިރުވަނަންތަޕޫރަމް އާ ދެމެދުވެސް ދަތުރުތައް ކުރަމުން ގެންދާ ކަމެވެ. މި އައު ރޫޓް ތަޢާރަފްކުރުމާއެކު، ރާއްޖޭގެ އުތުރު ސަރަހައްދުގެ ރައްޔިތުންނަށް އިންޑިއާގެ ދެ މަންޒިލަކަށް ސީދާ ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.