ތަޢުލީމާއި މަސައްކަތުގެ ދުނިޔޭގައި: ދިވެހި ކުޑަކުދިންގެ ޙާލަތު!

ތަޢުލީމާއި މަސައްކަތުގެ ދުނިޔޭގައި: ދިވެހި ކުޑަކުދިންގެ ޙާލަތު!

ގުޅުންހުރި

ދިވެހިރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ތަޢުލީމު ޙާޞިލުކުރަމުންދާއިރު، ވަޒީފާގެ މައިދާނުގައި ކުޑަކުދިންގެ ބައިވެރިވުން ފާހަގަކޮށްލެވޭ މިންވަރެއްގައި ހުރިކަން ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދާދިފަހުން ޝާއިޢުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ހޮނިހިރު ދުވަހު ޝާއިޢުކުރެވުނު މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހި ކުޑަކުދިންގެ އާބާދީ 131،154 އަށް އަރާއިރު، މިއީ މުޅި ރާއްޖޭގެ އާބާދީގެ 21.8 ޕަސެންޓެވެ. މި އާބާދީގެ ތެރެއިން 99،300 ކުދިންނަކީ ނުވަތަ 91 ޕަސެންޓަކީ ކިޔަވަމުންދާ ކުދިންނެވެ.

ކިޔަވާ ކުދިންގެ ތެރޭގައި އަންހެން ކުދިންގެ އަދަދު އިތުރުވާއިރު، ކުޑަކުދިންގެ މުޅި އާބާދީއަށް ބަލާއިރު ފިރިހެން ކުދިންގެ އަދަދު 68،396 އަށް އަރައެވެ. އަންހެން ކުދިންގެ އަދަދަކީ 62،758 އެވެ. އަދި މި ކުދިންގެ ބޮޑު ބައެއް ދިރިއުޅެނީ މާލެ ނޫން އެހެނިހެން ރަށްރަށުގައި ކަމަށްވާއިރު، އޭގެ އަދަދަކީ 77،385 އެވެ. މާލޭގައި ދިރިއުޅެނީ 53،769 ކުދިންނެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން އަދި އެއް ކަންބޮޑުވާންޖެހޭ ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ކުޑަކުދިންގެ 16 ޕަސެންޓަކީ ނުކިޔަވާ، ތަމްރީނެއްވެސް ނުހަދާ އަދި އެއްވެސް މަސައްކަތެއްވެސް ނުކުރާ ކުދިން ކަމެވެ. ނަމަވެސް، 15 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ވަޒީފާއެއްގައި ހަރަކާތްތެރިވާ ކަމަށް ދައްކައެވެ. މިއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ.

މަސައްކަތްކުރާ ކުޑަކުދިންގެ ތެރެއިން 58 ޕަސެންޓަކީ ފިރިހެން ކުދިން ކަމަށްވާއިރު، 42 ޕަސެންޓަކީ އަންހެން ކުދިންނެވެ. އެންމެ ގިނަ ކުދިން ވަޒީފާ އަދާކުރަނީ ހޯލްސޭލް/ރީޓެއިލް ވިޔަފާރިތަކާއި މޮޓޯ ވެހިކަލް މަރާމާތުކުރުމުގެ ދާއިރާގައެވެ. އޭގެ ފަހުން އެންމެ ގިނަ ކުދިން ހަރަކާތްތެރިވަނީ އެކޮމޮޑޭޝަން އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތަކުގައެވެ. އަދި ދައުލަތުގެ އިދާރީ، ސަލާމަތީ އަދި އިޖްތިމާޢީ ޚިދުމަތްތަކުގެ ދާއިރާގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން މަސައްކަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ