ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމައިފި

Author
ޙަސަން މުޙައްމަދު
08 މެއި 2025 07:27
0

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ނިންމުން ބާތިލްކުރުމަށް ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ. މި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ނޫންކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވުނެވެ. އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަނެއް ދެ ފަނޑިޔާރުންކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ދެން ތިބީ ސަސްޕެންޝަންގައެވެ. މި ދެ ފަނޑިޔާރުން ވަކިކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

މިދިޔަ އާދިއްތަ ދުވަހު އިބްރާ ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ ބުނިގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަނަކީ ގާނޫނާ ހިލާފް ސަސްޕެންޝަނެކެވެ. އެހެންކަމުން އޭނާ އެދުނީ އެ ސަސްޕެންޝަން ބާތިލްކުރުމަށެވެ. އިބްރާ މި މައްސަލަ ހުށަހެޅީ މިއީ ސުޕްރީމް ކޯޓުން ބަލަންޖެހޭފަދަ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއްކަމަށް ބުނެއެވެ.

އިބްރާ މީގެކުރިން މި މައްސަލަ ހައި ކޯޓަށްވެސް ހުށަހަޅާފައިވާއިރު، އެ ކޯޓުންވެސް ނިންމާފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.