އާޓިފިޝަލް ބީޗް ކުރިމަތީގައި ހުރި އެމްއައިބީގެ ބްރާންޗް ރީޓެއިލް ހިދުމަތަށް ބަދަލުކޮށްފި

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުރި އެމްއައިބީގެ ބްރާންޗް ރީޓެއިލް ހިދުމަތަށް ބަދަލުކޮށްފި

Author
ހުސައިން
06 މެއި 2025 08:22
0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ބްރާންޗް އާންމުންނަށް ހިދުމަތް ދޭ ރީޓެއިލް ތަނަކަށް ބަދަލުކޮށްފިއެވެ. އޮފީހުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް މިހާރު ބްރާންޗުގެ ބަންދުކުރާ ގަޑިތައް ލަސްކޮށްފައިވާކަމަށް އެމްއައިބީން މަޢުލޫމާތު ދެއެވެ.

މި ބަދަލާއެކު، ރީޓެއިލް ކަސްޓަމަރުންނަށް އެތަނުން ހެނދުނު 08:30 އިން ހަވީރު 16:00 އަށް ހިދުމަތް ލިބޭނެއެވެ. އެހެންނަމަވެސް، ކާޑު، އަނގޮއްޓި އަދި ޓެގް ދޫކުރުމުގެ ހިދުމަތް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 18:00 އަށް ގްރައުންޑް ފްލޯއިން ލިބެން ހުންނާނެއެވެ.

އެމްއައިބީގެ މީޑިއާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވެފައިވަނީ އެބޭންކުގެ މައިގަނޑު އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް އިސްތިސްނާނުކޮށް އެންމެންނަށް ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައެވެ.

ފާއިތުވި އަހަރު އެމްއައިބީން ރާއްޖޭގެ އެކި ރަށްރަށަށް އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފައިވާއިރު، އިންގިލާބީ އައު ޕްރޮޑަކްޓްތަކެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މީގެތެރޭގައި ފައިސާ ވެއާ އަނގޮޓި، ޓެގް އަދި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ "ބިންގާ" އެކައުންޓްތައް ހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ އަދި މިވަގުތަށް ހަމައެކަނި ފުލްފްލެޖްޑް އިސްލާމިކް ބޭންކަށްވާ އެމްއައިބީއަކީ ރާއްޖޭގައި ހުރިހާ ބޭންކިންގ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފޯރުކޮށްދޭން ފެށި އެންމެ ފުރަތަމަ ބޭންކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.