"ފަސް މިލިއަން ގަސް ޕްރޮގްރާމް" ވަފުދުން ޗައިނާގެ ބައެއް ނާސަރީތަކަށް ޒިޔާރަތް ކޮށްފި

"ފަސް މިލިއަން ގަސް ޕްރޮގްރާމް" ވަފުދުން ޗައިނާގެ ބައެއް ނާސަރީތަކަށް ޒިޔާރަތް ކޮށްފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ "ފަސް މިލިއަން ގަސް ޕްރޮގްރާމް" ގެ ދަށުން ދިވެހި ވަފުދެއް މިހާރު ދަނީ ޗައިނާއަށް ދަތުރެއް ކުރަމުންނެވެ. މި ދަތުރުގެ ތެރެއިން، ދިވެހި ވަފުދުން ވަނީ ޗައިނާގެ ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކޮށްފައެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަޙްމަދު އަތީފްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މި ދަތުރުފުޅުގައި، ދިވެހި ވަފުދުން އެ ނާސަރީތަކުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓުން ހާމަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ވަފުދުން ވަނީ ޗައިނާގެ ނެޝަނަލް ފޮރެސްޓްރީ އެންޑް ގްރާސްލޭންޑްސް އެޑްމިނިސްޓްރޭޝަނާއެކުވެސް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ވަނީ ދިވެހިރާއްޖެއާއެކު މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ނާސަރީ ތަރައްޤީކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަންވެސް އަންގަވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އިސް އޮފިޝަލުންނާއި، ތިމާވެށީގެ ދާއިރާގެ މާހިރުންނެވެ. މި ދަތުރުފުޅު ނިމުމަކަށް އަންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އަމީނާ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދަތުރުފުޅުން ލިބޭ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިތުރަށް ހަރުދަނާކުރެވޭނެ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ