ޓެރަރިޒަމްގެ ތުހުމުގައި ހައްޔަރުކުރީ އެއަރޕޯޓްގައި ބޮމެކޭ ކިޔައިގެން ވާހަކަދެއްކި މީހެއް: ފުލުހުން

ޓެރަރިޒަމްގެ ތުހުމުގައި ހައްޔަރުކުރީ އެއަރޕޯޓްގައި ބޮމެކޭ ކިޔައިގެން ވާހަކަދެއްކި މީހެއް: ފުލުހުން

Author
ޢަލީ އާދަމް
02 ޖެނުއަރީ 2021 05:41
0

ޓެރަރިޒަމްގެ ތުހުމުގައި ރާއްޖެއިން އިންޑިޔާ މީހަކު ހައްޔަރުކުރީ ބޮމެކޭ ކިޔައިގެން އެއަރޕޯޓްތެރޭގައި ވާހަކަ ދައްކާފައި ވާތީ ކަމަށްފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ޑިސެމްބަރު 29 ބަނަ ދުވަހުގެ މެންދުރު 13:30 ހާއިރު މާލެ އިން ފުރަން ގޮސް އެއާޕޯޓްގައި ހުރި އިންޑިއާގެ 28 އަހަރުގެ ފިރިހެނަކު ބޮމެކޭ ބުނެ ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކޯޓުންވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހައިދީފަ އެވެ.

އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 4 ވަނަ ދުވަހަށެވެ.

އެއަރޕޯޓް ތަކުގައި މަޖަލަކަށް ނަމަވެސް އެފަދަ ވާހަކަ ދެއްކުމަކީ ހުރިހާ ގައުމުތަކެއްގައިވެސް މަނާކަމެކެވެ. އަދި އެފަދަ ހާލަތެއްގައި އެއަރޕޯޓް ސެކިއުރިޓީންނަށް އޭނާ ހުއްޓުވާ އިތުރަށް ބަލާފާސްކުރުމުގެ ބާރުވެސް އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.