ފުރާޅުން ވެއްޓުނު ޒުވާން އަންހެން ކުއްޖާގެ މައްސަލައާއި ގުޅުންހުރި އެންމެންގެ ވަނަވަރާއި ވީޑީއޯ ފޫޓޭޖް ފުލުހުން އާންމުކޮށްފި

ފުރާޅުން ވެއްޓުނު ޒުވާން އަންހެން ކުއްޖާގެ މައްސަލައާއި ގުޅުންހުރި އެންމެންގެ ވަނަވަރާއި ވީޑީއޯ ފޫޓޭޖް ފުލުހުން އާންމުކޮށްފި

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2025 12:17
0

މިދިޔަ ހުކުރު ދުވަހު ފުރާޅެއް މަތިން ވެއްޓިފައި އޮތް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން އަމަލުކުރިގޮތާމެދު އާންމުންގެ ފާޑުކިޔުންތައް އިތުރުވަމުން ދިޔުމާއެކު، މި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތާއި ހާދިސާގެ ސީސީޓީވީ ފުޓޭޖް ފުލުހުން މިއަދު އާންމުކޮށްފިއެވެ.

އެރޭ ޔުމްނު އާއެކު އުޅުނު މީހުންނަކީ:

  • ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
  • އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
  • އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
  • ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
  • އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ

ފުލުހުން މި މައްސަލައިގައި ބުނެފައިވަނީ ޔުމްނު ފުރާޅުން ވެއްޓިފައިވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް މިކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައި، މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުން އާންމު އުސޫލުން ބޭރުން ޢަމަލުކުރާކަމަށް ދަޢުވާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ފުލުހުން ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޔުމްނު ވެއްޓުނުއިރު ކައިރީގައި ހުރި ރައުދު އަހުމަދު ޒިލާލްގެ އެކަނި ކަމަށްވުމާއެކު، ގިނަ އަދަދެއްގެ ޒުވާނުން ރޭގަނޑު މުޒާހަރާކޮށް، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ހާދިސާގައި ހިމެނޭ އެހެން ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކޮށް ހަމައެކަނި ވެއްޓުނު ކުއްޖާގެ މަޢުލޫމާތު ހާމަކުރުމާމެދު ނުރުހުން ފާޅުކޮށްފައިވެއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ މަޢުލޫމާތުތައް އާންމުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހާދިސާ ހިނގި ގޭގައި ޔުމްނުއާއި ރައުދު ހަރަކާތްތެރިވި މަންޒަރުތައް ހިމެނޭ ސީސީޓީވީ ފުޓޭޖްތައް ވެސް ލައިވް ޓީވީގައި އާންމުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.