ޕާސްޕޯޓު ފޮޓޯގެ މިންގަނޑު ހަރުދަނާކުރުމަށް އިމިގްރޭޝަނުން މަސައްކަތް ފަށައިފި

ޕާސްޕޯޓު ފޮޓޯގެ މިންގަނޑު ހަރުދަނާކުރުމަށް އިމިގްރޭޝަނުން މަސައްކަތް ފަށައިފި

Author
ހުސައިން
19 އޭޕްރިލް 2025 11:52
0

މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓަށް ހުށަހަޅާ ފޮޓޯތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފޮޓޯ ސްޓޫޑިއޯތަކާއެކު ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުން ބުރާސްފަތި ދުވަހު ޕާސްޕޯޓު ސެކްޝަންގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ބޭއްވުނެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕާސްޕޯޓަށް ހުށަހަޅާ ފޮޓޯތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރުމަށް ބާރުއެޅުމެވެ. އަދި މީގެ އިތުރުން، ފޮޓޯ ސްޓޫޑިއޯތަކުން އިމިގްރޭޝަންގެ ފޮޓޯ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދުނިޔޭގެ ޕާސްޕޯޓު ރޭންކިންގައި ދިވެހިރާއްޖޭގެ ޕާސްޕޯޓު ވަނީ އިތުރަށް ވަރުގަދަވެފައެވެ. ދުބާއީގެ ނޮމަޑް ކެޕިޓަލިސްޓު ކުންފުނިން އެކުލަވާލި އެންމެ ފަހުގެ ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސްގެ ދިރާސާއިން ދައްކާގޮތުގައި، ދިވެހިރާއްޖޭގެ ޕާސްޕޯޓު 65.5 ޕޮއިންޓާއެކު 104 ވަނަ ގިންތީގައި ހިމެނެއެވެ. މިއާއެކު، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ 101 ޤައުމަކަށް "ވިސާ އޮން އެރައިވަލް" އުސޫލުން ދަތުރުކުރުމުގެ ފުރުސަތު މިހާރު ލިބެއެވެ.

އަދި ހަމައެހެންމެ، ހެންލީ އެންޑް ޕާޓްނާސްއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓު ލިސްޓުގައިވެސް ދިވެހި ޕާސްޕޯޓު ވަނީ ކުރިއަރާފައެވެ. މިދިޔަ އަހަރު 57 ވަނައިގައި އޮތް ދިވެހި ޕާސްޕޯޓު މިހާރު ވަނީ 53 ވަނައަށް އަރާފައެވެ. މިއީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު ޖެހިޖެހިގެން ހަވަނަ އަހަރަށް ދިވެހިރާއްޖެއިން ދަމަހައްޓާފައިވާ ކަމެކެވެ. މިހާރު ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 94 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.