އިސްރާއީލްގެ އަނިޔާވެރިކަން ވަނީ ބައި ގަރުނަށް ދިގުދެމިގެން ގޮސްފަ

އިޒްރޭލު ޕާސްޕޯޓު މަނާކުރީ، ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން!

އިޒްރޭލު ޕާސްޕޯޓު މަނާކުރީ، ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން!

ގުޅުންހުރި

ފަލަސްޓީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މިއާއެކު ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ލިބިގެންނުދާނެއެވެ.

މިކަން ތަންފީޒުކުރުމަށް ސަރުކާރުން ނިންމައި، ރަސްމީކޮށް އިޢުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މި ނިންމުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ލިބުނު ކަމެކެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމިއިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެހެންކަމުން، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، ސަރުކާރުގެ ބޭނުންތަކަށް އަމާޒުކޮށް އިޞްލާޙުތައް ގެނައުމަށެވެ. އެގޮތުން ބިލު ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާބެހޭ (241 ކޮމިޓީ) އަށް ފޮނުވުނީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހުއެވެ.

ނަމަވެސް، އެއަށްފަހު ބިލުގެ މަސައްކަތް ކުރިއަށްދިޔައީ ވަރަށް ލަހުންނެވެ. މީގެ ސަބަބުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. މި މައްސަލަ އެމްޑީޕީން މަޖިލީހަށް އެކި ފަހަރުމަތިން ހުށަހަޅައި، އަވަސް ހައްލެއް ހޯދުމަށް ގޮވާލިއެވެ.

ސަރުކާރުގެ އިޢުލާނަށްފަހު 316 ދުވަސް ފާއިތުވެގެން ދިޔައިރު، އިއްޔެ 241 ކޮމިޓީން ބިލަށް މައިގަނޑު ދެ އިޞްލާޙެއް ގެންނަވައި ބިލު ފާސްކުރެއްވިއެވެ. އެގޮތުން ކޮމިޓީން ނިންމީ އިޒްރޭލު މީހުން އެތެރެވުން މަނާކުރުމުގެ ބަދަލުގައި އެ ޤައުމުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށާއި، ފަލަސްޓީނަށް އެޅެމުންދާ ހަމަލާތައް ހުއްޓާލަންދެން މި ފިޔަވަޅު ދެމެހެއްޓުމަށެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރެވުނެވެ. އެމްޑީޕީގެ މެންބަރުން ބިލަށް ގެނެވުނު ބަދަލުތަކާމެދު ހަރުކަށި ގޮތަކަށް ފާޑުވިދާޅުވިއެވެ. ބިލު ހުށަހެޅުއްވި މެންބަރު މީކާއިލް ވިދާޅުވީ މި ބަދަލުތަކަކީ ބިލުގެ މަޤްޞަދު އޮޅޭގޮތަށް ގެނެވިފައިވާ ބަދަލުތަކެއް ކަމަށެވެ. އޭނާ ތުހުމަތުކުރެއްވީ މިހާރު ބިލު އޮތްގޮތުން އިޒްރޭލުގެ ވެރިންނަށް އެހެން ޤައުމެއްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި މިއީ ފަލަސްޓީނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

އެހެންނަމަވެސް، ކޮމިޓީން ފާސްކުރި ގޮތަށް ބިލަށް ވޯޓަށް އެހުމުން، ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ އިއްތިފާޤުން ބިލު ފާސްވެގެން ދިޔައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން އެތެރެވުން މަނާނުކުރުމަށް ނިންމާފައިވަނީ އިމިގްރޭޝަނުން މިކަން ތަންފީޒުކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށް ކޮމިޓީގައި ފާހަގަކުރުމަށް ފަހުގައެވެ. އިމިގްރޭޝަނުން ބުނެފައިވަނީ މީހަކު ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ފިޔަވައި އެ ފަރާތުގެ އިތުރު ޕާސްޕޯޓެއް ހުރިތޯ ބެލުމުގެ ޤާބިލުކަން އެ އިދާރާގައި ނެތް ކަމަށެވެ.

ސަރުކާރުން މިކަން ކުރަން ނިންމައި އިޢުލާންކުރިތާ 300 އަށްވުރެ ގިނަ ދުވަސް ފަހުން މިކަން ނިންމިފައިވާތީ، އެމްޑީޕީން އެކަމާމެދު ނުރުހުން ފާޅުކޮށް ކުއްލި މައްސަލަ ވެސް އެކި ފަހަރުމަތިން ހުށަހަޅާފައިވެއެވެ. އަދި، ބިލުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކުރުމަށް މެންބަރު މީކާއިލް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފައިވެއެވެ.

މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމީ އެކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ކުރިން ޕީއެންސީން ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކަންތައް ލަސްވަމުންދަނީ އެކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކުރަމުންދާތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ